ޖަމާޢަތްތެރިއަކަށްވުމުގެ ފުރުޞަތު: ކޯހުގަ ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ޖަމާޢަތްތެރިއަކަށްވުމުގެ ފުރުޞަތު: ކޯހުގަ ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މާލޭ ސަރަޙައްދަށް ޢަމާޒުކޮށްގެން ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ 2 ހަފްތާގެ ޕްރޮގްރާމެއް ފަށަން އިސްލާމިކް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ. 

އިޢުލާން: 

މާލެ ސަރަހައްދަށް އަމާޒުކޮށްގެން ޖަމާޢަތްތެރިކަމުގެ އައުބުރެއް ފެށުމަށް ކުރި އިޢުލާނަށް ((IUL)160-AS/1/2024/47) އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި އިޢުލާންގެ މުއްދަތު އިތުރު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެމްބަރު 2024 އިން ފެށިގެން ދެހަފްތާގެ މުއްދަތަށެވެ. އަދި  މި ޕްރޮގްރާމްގެ ކިޔެވުން ކުރިއަށް ދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 20:15 އިން 21:15 އަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން އެދެމެވެ.

https://forms.gle/b4vr8mU6PPs6rGo47

އިޢުލާނުގެ ލިންކް:

https://www.gazette.gov.mv/iulaan/304043

މިއަދު އޮންލައިން