8 މަސްދުވަހުގެ ތެރޭގައި 300 ޒުވާން ޚަޠީބުން ތަމްރީނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
8 މަސްދުވަހުގެ ތެރޭގައި 300 ޒުވާން ޚަޠީބުން ތަމްރީނުކޮށްފި

8 މަސްދުވަހުގެ ތެރޭގައި 300 ޒުވާން ޚަޠީބުން ތަމްރީނުކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ޑރ. ޝަހީމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާން ޚަޠީބުންގެ 200 ބައިވެރިންގެ ތަމްރީނު ނިމި، މި މަސްތެރޭ ސަނަދު ދިނުމުގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި ޖުމްލަ 300 ޒުވާން ޚަޠީބުން ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ. މީގެ ކުރިން ވަނީ 100 ޒުވާނުން ތަމްރީނުކޮށްފައެވެ.

މި މަޝްރޫޢުގެ އަމާޒަކީ 1000 ޒުވާން ޚަޠީބުން ތަމްރީނުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ރީތިކޮށް ޤުރުއާން ކިޔަވާ، ޚުޠުބާ ކިޔާ އަދި ބަންގިގޮވާ ޒުވާން ޖީލެއް އުފެއްދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ވަރަށް ޚާއްޞަ މަޝްރޫޢެއް ކަމަށާއި، މިކަމަށް ލިބިގެންދިޔަ ތަރުޙީބަށްޓަކައި އުފާކުރައްވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



މި މަޝްރޫޢަކީ ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، މިސްކިތްތަކުގައި ޚިދުމަތް ކުރާނެ ޤާބިލު ބަޔަކު އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން