ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދު ދެއްވާ: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދު ދެއްވާ: ނައިބު ރައީސް

ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަބަދުވެސް އިރުޝާދު ދެއްވާ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. 

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައިސް ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާ ކަމަށާއި އަދި ރައްޔިތުންގެ އިހުސާސްތައް އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދު ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ހިފަހައްޓާނެ ވަކި އަސާސްތަކާއި މިންގަނޑުތައް ހުންނާނެ ކަމަށާއި، ރާއްޖޭގެ ޤާނޫނީ ވެރިކަން އެމަނިކުފާނު ދަމަހައްޓަވާނެ ކަމަށެވެ.

"ރައީސް ހާލަތާއި ވަގުތަށް ބެލުމަށްފަހު ރައްޔިތުންގެ އަޑު އަހާކަށް ފަހެއް ނުޖެހޭނެ، ހެކިތައް ފެންނަން އެބަހުރި. ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ އަޑުއަހައިގެން އެމަނިކުފާނު ކަންކަން ކުރައްވަނީ" ނައިބު ވިދާޅުވިއެވެ.

މީގެއިތުރުން، ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަން މި ދައުރުގެ ތެރޭގައި ހާސިލް ކުރެވޭނެކަންވެސް ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން