ޑރ. ޝަހީމް ސަޢުދީ އިސްލާމީ ވަޒީރާ ބައްދަލުކުރައްވައިފި! ކުރިއަށް އޮތްތަނުގައި ދެވުޒާރާގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޑރ. ޝަހީމް ސަޢުދީ އިސްލާމީ ވަޒީރާ ބައްދަލުކުރައްވައިފި! ކުރިއަށް އޮތްތަނުގައި ދެވުޒާރާގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ!

ރާއްޖޭގެ އިސްލާމީ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ އިސްލާމީ ވަޒީރާ ބައްދަލުކުރައްވައިފިއެވެ. ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދެވުޒާރާގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ. 

ޑރ. ޝަހީމްގެ ބަސްފުޅު: 

ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚު ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚާ ބައްދަލުވުމަކީ ލިބުނު އުފަލެއް. ދެ ވުޒާރާ ގުޅިގެން އިސްލާމީ ދާއިރާއިން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އެމަނިކުފާނާ މަޝްވަރާކުރިން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު މުހިންމުކަންދެއްވާކަމެއްކަމުގައި ދަންނަވާފައިވާނެ. 

ސައޫދީ ޢަރަބިއްޔާއިން މިހާތަނަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވެދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވާފައިވާނެ. ކުރިއަށް އޮތްތަނުގައި ދެވުޒާރާގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ.

 

މިއަދު އޮންލައިން