ސުންނަތާ އެއްގޮތަށް ނަމާދުކުރުން ނޫން ހުރިހާ ކަމެއް ޢާންމުޙާލަތަށް ގެނައުމުން ޝައިޚް އާދަމް ނިޝާން ކަންބޮޑުވުން ފައުޅުކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ސުންނަތާ އެއްގޮތަށް ނަމާދުކުރުން ނޫން ހުރިހާ ކަމެއް ޢާންމުޙާލަތަށް ގެނައުމުން ޝައިޚް އާދަމް ނިޝާން ކަންބޮޑުވުން ފައުޅުކުރައްވައިފި!

ރޭގަނޑުގެ ވަގުތުތަކުގައި ވެހިކަލް ދުއްވުން ޢާންމުކޮށް ހުއްދަވީއެވެ. ޕާކްތައް ހުޅުވައިލީއެވެ. ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކެއްގައި ކިޔަވައިދޭން ފަށަނީއެވެ. ނަމަވެސް މިސްކިތްތަކުގެ ޖަމާއަތުގައި ރަސޫލް ގެ ސުންނަތާއި އެއްގޮތަށް ސަފުހަދައިގެން ނަމާދުކުރުން އަދި މިއޮތީ ހުއްޓުވައިފައެވެ. 

މިކަންކަމަށް ކަންބޮޑުވުން ފައުޅުކުރައްވައި ޝައިޚް އާދަމް ނިޝާން ޢަލީ ވިދާޅުވީ: 

"މިހުރިހާ ތަނެއް ހުޅުވަމުންދާއިރު އަދިވެސް އިސްލާމިކް މިނިސްޓްރީއިން މިސްކިތު ޖަމާޢަތުގެ ޞަފުތައް ގައިދުރުކޮށް ހަދަން އަންގާފައިވާ އެންގުން އަނބުރާ ނުގެންދަވައެވެ. 

ކޮވިޑްގެ ނުރައްކާ ބޮޑުވެގެން ފިޔަވަޅުތައް ހަރުކަށިކޮށް ހެދިއިރު ކޮވިޑަށް ފައްސިވާ ވަރު އަދިވެސް ވަކި މަދުވިކަމެއް ތަފާސް ހިސާބުތަކުން ފެންނާކަށް ނެތެވެ. އެހެންނަމަވެސް އަނެއްކާ ކުއްލިއަކަށް މިވަނީ ފިޔަވަޅުތައް ލުއިކޮށް އިސްކޫލްތަކާ ތަންތަން ހުޅުވަން ނިންމާފައެވެ.

އަދި މިނޫންވެސް އެޗްޕީއޭއިން ނިންމާ އެތައް ނިންމުންތަކާއިމެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި ޝައްކު އުފެދިފައި ވާއިރު އަދި މިސްކިތްތަކުން ބަލިފެތުރޭކަމުގެ އެއްވެސް ހެއްކެތް ނުވަތަ ތަފާސް ހިސާބެއް ނެތި، ޔަޤީން ނުވާ ހީއެއްގެ މައްޗަށް އެކަނި ބިނާކޮށް މިސްކިތް ބަންދުކޮށް ނުވަތަ ޖަމާޢަތުގެ ނަމާދުގެ ޞަފުތައް ހެދުމަށް ޝަރުޢުކުރެވިފައިވާ ގޮތާއި ޚިލާފަށް ދުރުދުރުގައި ޞަފުތައް ހެދުން ހުއްދަވާނީ ޝަރުޢީ ކޮން ދަލީލަކުން ނުވަތަ އުސޫލަކުންތޯ ސުވާލު އުފެދެއެވެ.

އެހެންކަމުން އަޅުގަނޑު އިސްލާމިކް މިނިސްޓްރީއާއި ފަތުވާ ކޮމިޓީއަށްވެސް މިގޮވާލަނީ  ދުރުދުރުގައި ޞަފުތައް ހެދުން "ވާޖިބު" ވާނެކަމަށް ނެރެފައިވާ ފަތުވާއާއި ޙުކުމް އަލުން މުރާޖަޢާކޮށް، އެހެން ހުރިހާ ކަމަކަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި ދޫދެމުން ދާއިރު، މިސްކިތުގެ ޖަމާޢަތުގެ މައްސަލަވެސް އޭގެ އަސްލު އޮންނަން ޖެހޭ އަދި ޝަރުޢުވެފައިވާ ގޮތަށް ބަދަލުކޮށްދެއްވުމަށެވެ.

https://m.facebook.com/story.php?story_fbid=2918369248379410&id=1424686851080998

 

 

މިއަދު އޮންލައިން