ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަ "ރަހަވަރު" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަ "ރަހަވަރު" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ކެއްކުމުގެ މުބާރާތް "ރަހަވަރު" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރު ކަމަށްވާއިރު، މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

މީޑިއާ

މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެއިތުރުން، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމަށް އެ ދާއިރާއިން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއެކު، އައު އުފެއްދުންތަކަށް ހިތްވަރު ދިނުމަކީވެސް މި މުބާރާތް ބޭއްވުމުގެ މުހިންމު މަޤްޞަދެކެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުން މައިގަނޑު ދެ ބާވަތެއް ތައްޔާރުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ސްޓާޓަރ: ބޯވަދިލަމަސް ބޭނުންކޮށްގެން ތައްޔާރުކުރާ 1 ސްޓާޓަރ

- މެއިން ކޯސް: ކުރުމަސް ބޭނުންކޮށްގެން ތައްޔާރުކުރާ 1 މެއިން ކޯސް

މި މުބާރާތުން ވަނަވަނައަށްދާ ޓީމުތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ޓީމަކަށް 15،000 ރުފިޔާ، ދެވަނައަށްދާ ޓީމަކަށް 10،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 7،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން