ރަށުތެރެ ޢާންމު ޙާލަތަކަށް ބަދަލުވަނީ! ކޮރޯނާގެ ފިޔަވަޅުތަކަށް ލުއި ލިބެނީ- ޖަމާޢަތުގެ ނަމާދަށް ދަތިކުރުން ބޮޑުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރަށުތެރެ ޢާންމު ޙާލަތަކަށް ބަދަލުވަނީ! ކޮރޯނާގެ ފިޔަވަޅުތަކަށް ލުއި ލިބެނީ- ޖަމާޢަތުގެ ނަމާދަށް ދަތިކުރުން ބޮޑުވަނީ!

ކުޑައިރު މައިން ބަފައިން ބުނެއުޅުނެވެ. "ދަރިފުޅާއެވެ! އިރުއޮއްސޭއިރަށް ގެއަށް ވަންނަންވާނެއެވެ. ޖިިންނިތައް ނުކުމެގަންނާނެއެވެ." 

މިހާރު ދަރިން ބުނަނީ: "ބައްޕާއެވެ. 6 ޖެހުމުގެ ކުރިންގެއަށް ވަންނަންވާނެއެވެ! ފުލުހުންނާއި ކޮރޯނާ ނުކުމެގަންނާނެއެވެ!"  

މިއަދަކީ މިހާލަތަށްވެސް ލުއިކަން ލިބުނު ދުވަހެވެ. 6 ޖަހާއިރު ފުލުހުންނެއްވެސް ކޮރޯނާއެއްވެސް މިރެއަކު ނުނުކުންނާނެއެވެ. ނަމަވެސް ބައެއް މިސްކިތްތަކުގައި އިބިލީހަށް ފަސޭހައިން އުޅެވޭނެ ގޮތަށް މަގުހަދައިދީ މީހުން ދުރުކޮށްފައި ބައިތިއްބާ ބޭތިއްބުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމާދުވަގުތު ކައިރިވުމުން ބައެއް މިސްކިތްތަކުގެ ތާޅަފިލިން އެދޭ ބިރުވެރި އިންޒަރުތަކަކަށްވެސް ބަދަލެއް ނާދެއެވެ. 

ގިނަމީހުން ބުނަނީ އެ އިންޒާރުތައް އަޑުއިވުމުން ކޮރޯނާގެ ޙާލަތު އިޙްޞާޞްކުރެވޭ މިންވަރު ބޮޑުކަމުން މިސްކިތުގެ ޖަމާޢަތަށް ދާން ބިރުގަންނަކަމަށެވެ. 

ރާއްޖޭގައި މިއުޅޭ ކޮރޯނާގެ ބިރު އެންމެ ބޮޑަށް އޮތީ މިސްކިތްތަކަށްކަމަށް ދައްކަން ކުރަމުން މިގެންދާ މަސައްކަތްތަކަށް ނިމުމެއް ގެނެސް ދެއްވަވާށި! އާމީން

މިއަދު އޮންލައިން