އެއްވުންތަކުގައި ކައުންސިލަރުން ބައިވެރި ނުވާން އެލްޖީއޭ އިން އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
އެއްވުންތަކުގައި ކައުންސިލަރުން ބައިވެރި ނުވާން އެލްޖީއޭ އިން އިލްތިމާސް ކޮށްފި
އިދިކޮޅު ފަރާތްތަކުން މާލޭގައި މާދަމާ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް، ޤާނޫނާއި ޚިލާފު އެފަދަ އެއްވެސް އެއްވުމެއްގައި ކައުންސިލަރުން ބައިވެރި ނުވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.



އެލްޖީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާނު ކޮށްފައިވާ ބޭފުޅުންނަށް ވާތީ، ޤާނޫނަށް ފުރިހަމައަށް ބޯލަނބާ ޤާނޫނު އަސާސީން ކަށަވަރުކޮށް ދީފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ދެމެހެއްޓުމަކީ ކައުންސިލަރުންގެ ޒިންމާއެއް ކަމަށެވެ.

"އެއީ އަމަލީ ގޮތުން ނަމޫނާ ދައްކަވަން ޖެހޭ ފަރާތްތަކަށްވާ ހިނދު ޤާނޫނާ ޚިލާފަށް ބޭއްވޭ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި އެފަދަ އެއްވެސް ކަމަކަށް ހިތްވަރު ލިބޭ އަމަލެއް ނުކުރުމަށް އެންމެހައި ކައުންސިލްތަކަށާއި ކައުންސިލަރުންނަށް އިލްތިމާސް ކުރަން" އެލްޖީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

މިއަދު އޮންލައިން