ފަޖުރުލުމުން ދެ ފުރުޞަތު ލިބެއެވެ! ވިސްނާފައި ބޭނުން ފުރުޞަތެއްގެ ބޭނުންހިފާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ފަޖުރުލުމުން ދެ ފުރުޞަތު ލިބެއެވެ! ވިސްނާފައި ބޭނުން ފުރުޞަތެއްގެ ބޭނުންހިފާށެވެ!

ފަޖުރުލުމުން ތިބާއަށް 2 ފުރުޞަތެއް ލިބިގެންދެއެވެ. ފުރަތަމަ ފުރުޞަތަކީ ފަޖުރުލުމުންވެސް ޝައިޠޯނާގެ ބަހަށް ހެއްލި ކަންނެތަވެ ނިދާފައި ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ ހުވަފެން ބަލަން އޮތުމުގެ ފުރުޞަތެވެ. 

ދެވަނަ ފުރުޞަތަކީ ފަޖުރުލުމުން ގޮވައިލެވޭ ބަންގިއަށް ޢިޖާބަދީ ނިދީން ހޭލައި ތިމާ ދެކެމުން އަންނަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތެވެ. ޝައިޠޯނާގެ ވަސްވާށްތަކަށް އިޖާބަނުދީ އަވަހަށް ތެދުވެ ފަތިސް ނަމާދު ޖަމާޢަތުގައިކޮށް މުޅި ދުވަހު ﷲ ތަޢާލާގެ ރަޙްމަތާއި ރައްކައުތެރިކަމުގައި ހުރުމުގެ ފުރުޞަތެވެ! 

ވީމާ ގދަކަމުން ނަމަވެސް ހޭލާށެވެ! ޢާއިލާގެ އެންމެން ވެސް ހޭލައްވާށެވެ! އެންމެންގެ ހުވަފެން ޙަޤީޤަތަކަށް ހަދަން މަސައްކަތްކުރާށެވެ! 

ﷲ ތަޢާލާ ދެއްވަވާ ދަޢުވަތަށް ޢިޖާބަ ނުދީ ޝައިޠޯނާއަށް ޢިޖާބަދީ ނިދަން އޮވެފައި ތެދުވެ ﷲ ތަޢާލާގެ ރަޙްމަތަށް އެދެން ލަދުގަންނާށެވެ! ލަދުވެތިވާންވީ އެކަމަށެވެ. އެކަމަށް ލަދުވެތިވެވިއްޖެނަމަ އެމީހަކަށް ދެ ދުނިޔޭގައިވެސް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން