ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭސް ލިބެން ހުންނަ ތަންތަނާއި އަގު ބަލައިލެވޭ ޕޯޓަލް މިމަހު ތައާރަފުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭސް ލިބެން ހުންނަ ތަންތަނާއި އަގު ބަލައިލެވޭ ޕޯޓަލް މިމަހު ތައާރަފުކުރަނީ

ރާއްޖޭގައި ބޭސް ހޯދުމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭސް ލިބެން ހުންނަ ފާމަސީތަކާއި އަގުތައް ބަލައިލެވޭ ޚާއްޞަ ޕޯޓަލެއް މި މަހުގެ ނިޔަލަށް ތައާރަފުކުރުމަށް ޤައުމީ ބޭސް ކުންފުނި (ސްޓޭޓް ފާމާ) އިން ނިންމައިފިއެވެ.

ބޭސް ހޯދުމުގައި އާންމުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަކި ބޭހެއް ލިބެން ހުރީ ކޮން ފާމަސީއަކުންކަން ދުރާލާ އެނގެން ނެތުމެވެ. ސްޓޭޓް ފާމާއިން ފާހަގަކުރި ގޮތުގައި، އަލަށް ތައާރަފުކުރާ މި ޕޯޓަލްގެ ސަބަބުން މިކަމަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް ވަގުތުން މައުލޫމާތު ސާފުކުރުމަށް ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން، މި ނިޒާމުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދުތައް ކުރިއާލާ ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތް އަހަރަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް ހުސްނުވެ، ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ސްޓޭޓް ފާމާއިން އަރުވައެވެ.

މިއަދު އޮންލައިން