ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ސަތޭކަ ސާޅީހުގައި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ސަތޭކަ ސާޅީހުގައި!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 102 މީހުންނެވެ. ޖުމްލަ 140 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 81 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4397 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 20,004 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22,513 އަށް އަރައިފައެވެ. މި ބައްޔަށް 2436 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 95 މީހުންނަށެވެ.

މި ބަލީގައި 65 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން