ފިރުޝާނާ ހޯދި ކާމިޔާބަށް މުޅި ގައުމު ވެސް ފަހުރުވެރިވޭ: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ފިރުޝާނާ ހޯދި ކާމިޔާބަށް މުޅި ގައުމު ވެސް ފަހުރުވެރިވޭ: ރައީސް ޞާލިޙް

އެމްއެންޑޯއެފްގެ ކެޑޭޓް ފިރުޝާނާ ތައުފީޤް ހޯދި ކާމިޔާބަށް މުޅި ގައުމު ވެސް ފަހުރުވެރިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވެފައިވަނީ ފިރުޝާނާ އިނގިރޭސި ވިލާތުގައި ބޭއްވި ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވެ "ބެސްޓް އިންޓަރނޭޝަނަލް ސްޓޯޑެންޓް" އެވޯޑް ޙާޞިލުކުރުމުން މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

ރައީސް ޝާލިޙް ވަނީ ފިރުޝާނާއަކީ މިކޯހުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ އަންހެން އޮފިސަރުކަން ވެސް ފާހަގަކުރައްވައިފައެވެ.

 

 

މިއަދު އޮންލައިން