މާދަމާ މެންދުރުފަހު 3،00 އިން ފެށިގެން ރާއްޖޭގަ އުފައްދާ ތާޒާ ތަރުކާރީގެ ގިނަ ބާވަތްތަކެއް ތީފަރިދޫ މާޓުން ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.
މާދަމާ ގެންނަ ބާވަތްތަކުގެ ތެރޭގައި ކިޔުކަންބާ، ގިތެޔޮމިރުސް، މުރަނގަތޮޅި، ބަށި، ރޯމިރުސް، ކުރުނބާ، ބޯށި، ފުސްކެޔޮ، ބަޓަރނަޓް، ޗައިނީޒް ކެބެޖުގެ އިތުރުންވެސް ބައެއް ބާވަތްތައް ހިމެނެއެވެ.
ރާއްޖޭގައި އެންމެ ރަނގަޅު ފެންވަރުގައި އެންމެ ފުޅައު ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން ގެންދާ ތީފަރިދޫގައި އުފައްދާ ތާޒާ ތަރުކާރީ އާއި ތީފަރިދޫ ޕޯލްޓްރީފާމްގެ ކުކުޅު ބިސް ތީފަރިދޫ މާޓުން ގެންދަނީ ވަރަށް ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުންނެވެ.
ތީފަރިދޫ މާޓުން ބުނެފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ނުވަތަ އާދީއްތަ ދުވަހު ތާޒާ ތަރުކާރީގެ ބާވަތްތަކާއި ކުކުޅު ބިސް ގެނެސް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން ގެންދާ ކަމަށެވެ. "އަބަދުވެސް މާރުކޭޓަށްވުރެ އަޅުގަނޑުމެން ވިއްކާ އަގުތައް މާބޮޑުތަންވެސް ހެޔޮވާނެ. ތާޒާވެސްވާނެ. ފެންވަރުވެސް ވަރަށް ބޮޑުތަން ރަނގަޅުވާނެ. ފާމްތަކުގައި މަސައްކަތްކުރަނީ ކަމުގެ ތަޖުރިބާހުރި، ކިޔަވައިގެން ތިބި ފަންނީ މީހުން. ކެމިކަލް ވެސް ބޭނުން މިކުރަނީ ބަރާބަރު މިންތަކަށް. ކެމިކަލް މިއެތެރެކުރަނީވެސް ތައިލަންޑް ފަދަ އުފެއްދުންތެރި ޤައުމުތަކުގެ ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން. ވީމާ އަޅުގަނޑުމެންގެ އުފެއްދުންތަކުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވާނެ. އަދި ހޯލްސޭލް، ރީޓޭލްކޮށް ވިއްކާ އަގުވެސް ހަމަ އެހައި ހެޔޮވާނެ." ކަމަށެވެ.
ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ބައްލަވައިގަތުމަށް ގުޅުއްވާނީ: 3335737 އަދި 7975526
ތީފަރިދޫ މާޓް ފިހާރަ ހުންނަނީ ޗާންދަނީމަގު ކޮޅުން ޖަމާލުއްދީން ސުކޫލް ކައިރީގައި ހުންނަ ބުރާއި ދިމާއަށް ލަނބައިލާ ސަރަހައްދުގައެވެ.