ކޮވިޑް އިތުރުވަމުންދާއިރު މުސްތީ މެންކް ކުރައްވާ ސުވާލަކީ ކުރިން ފޮނުއްވެވި ޢަޛާބް މިއަދުވެސް ނުފޮނުއްވަވާނެކަމަށް ބުނީ ކާކު؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކޮވިޑް އިތުރުވަމުންދާއިރު މުސްތީ މެންކް ކުރައްވާ ސުވާލަކީ ކުރިން ފޮނުއްވެވި ޢަޛާބް މިއަދުވެސް ނުފޮނުއްވަވާނެކަމަށް ބުނީ ކާކު؟

"ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ކުރީގެ ޒަމާންތަކުގައި މީސްތަކުން މަގުފުރެދި ފާފަކުރުން އިތުރުކުރުމުން ފޮނުއްވެވި ކޯފާ އާއި ޢަޛާބުގެ ވާހަކަތައް ބަޔާން ކުރައްވަވާފައި އެވަނީ ހަމައެކަނި ވާހަކަތަކެއްގެ ގޮތުގައެއް ނޫނެވެ. މީސްތަކުން އެކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. ޢަމަލުތައް އިޞްލާޙްކުރުމަށެވެ. ތައުބާވެ ފާފަކުރުމާއި ދުރުހެލިވުމަށެވެ.  

އަހަރެންގެ ސުވާލަކީ މީސްތަކުން ފާފަކުރުން ގިނަކުރުމުން ކުރިން ފޮނުއްވެވި ޢަޛާބު މިއަދުވެސް ނުފޮނުއްވަވާނެ ކަމަށް ބުނަނީ ނުވަތަ ބުނެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެމެންގެ އަމަލުތައް އިޞްލާޙް ނުކުރާނަމަ ހަމަ އެކަންކަމާއި ކުރިމަތިލާން ޖެހުން އޮތީ ދާދިގާތުގައެވެ!"

- މުފްތީ މެންކް  

ކޮވިޑް ޖެހޭ މީހުންގެ ޢަދަދު 200 އަށް އެރުމަށްފަހު 100 އަށް ދަށްވެ އަނެއްކާވެސް މިދަނީ 200 އާއި ގާތްކުރަމުންނެވެ. އަޅާފައިވާ ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއިއެކުވެސް ކޮވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާނަމަ އެކަމަށް ސަމާލުކަން އިތުރުކުރަން ޖެހެއެވެ. 

މިފަދަ ޙާލަތުގައި މުފްތީ މެންކް ވިދާޅުވެފައި އެވާ ބަސްފުޅުތަކާއިމެދު ވިސްނައިލުމަކީ ބުއްދިވެރިކަމެއްކަން ފާހަގަކުރެވެއެވެ. އަހަރެމެންގެ ޢަމަލުތައް އިޞްލާޙްކޮށް ދުޢާކުރުން ގިނަކުރަންވީއެވެ! ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވޭ ފާފަތަކާއި ދުރުހެލިވާންވީއެވެ! 

ޢިލްމުވެރިންގެ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކުރުމަކީ އެއީއެވެ!

މިއަދު އޮންލައިން