ކޮވިޑް ކޮންޓްރޯލްކުރުމުގެ ބާރު އަހަރެމެންނަށް ލިބިގެންވާ ކަމަށް ބުނުމަކީ އެއްވެސް މީޙަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެފަދަ ބަހެއް ބުނާނަމަ ބުނަން ޖެހޭނީ އަޑުއަހާ މީހާއަށް ނުވަތަ ލިޔުން ކިޔާ މީހާއަށް ބަހުގެ މާނަ އޮޅުން ނާރާނެ ފަދަ ޢިބާރާތަކުންނެވެ. ތައުހީދާއި ގުޅުން ހުރި ކަންކމުގައި ދެމާނަ ލައިގެން ބަސްބުނުމަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ. ބަސްބުނަން ޖެހޭނީ އަޑުއަހާ މީހާއަށް އޮޅުން ނާރާނެ ގޮތަށެވެ.
ﷲ ތައާލާ އިންސާނުންނަށް ދެއްވަވާފައިވަނީ ބަލިތަކުން ސަލާމަތްވާން މަސައްކަތްކުރުމުގެ ބާރުވެ. އެއްވެސް ބައްޔެއްގެ މައްޗަށް ގަދަވެގަތުމުގެ ބާރު އެއްވެސް އިންސާނަކަށް ނުވަތަ މުއައްސަސާއަކަށް ﷲ ތައާލާ ދެއްވަވާފައެއް ނުވެއެވެ.
ކޮވިޑް ހުއްޓުވުމުގެ ބާރު ލިބިގެންވާ ކަމަށް ބުނެ އެޗްޕީއޭއިން ފޮނުވި މެސެޖުގައި ބުނެފައިވަނީ އެކަމަށް ކުރަން ބޭނުބުންވަނީ 4 ކަމެއް ކަމަށެވެ. އެއީ 3 ފޫޓު ދުރުމިނުގައި ތިބުމާއި، ރަނގަޅަށް މާސްކް އެޅުމާއި ސައިބޯނިލައިގެން އަތްދޮވުމާއި ކެއްސާއިރު އަނގަ ނިވާކުރުމެވެ.
މިމޭރުމުން އެޗްޕީއޭއިން ބުނާއިރު މިހުރިހާ ފިޔަވަޅުތަކެއް އަޅައިގެން އުޅޭ ރާއްޖޭގެ ޑޮކްޓަރުން އެޗްޕީއޭގެ ޓީމުގައި މަސައްކަތްކުރަނިކޮށްވެސް އެބަ ކޮވިޑަށް ޕޮޒިޓިވްވެއެވެ. ވީމާ އެކަމުން މުސްލިމުންނަށް އެނގި ޔަޤީންވަނީ އެއްވެސް ބައްޔެއްގެ މައްޗަށް ގަދަވެ ގަތުމާއި ކޮންޓްރޯލްކުރުމުގެ އެއްވެސް ބާރެއް އެއްވެސް އިންސާނަކަށް ލިބިގެންނުވާކަމެވެ.
ހަމައެއާއިއެކު 5 ދުވަސްވަންދެން އެތައް ހާސް ބައަކު 3 ފޫޓުގެ ބަދަލުގައި ޖެހިފިތިގެން އެތައް ގަޑިއިރެއް ވަންދެން ވަނީ ކިޔޫގައި ބައިތިއްބައިފައެވެ.
އެޗްޕީއޭގެ މެސެޖް؛
We have the power to control this outbreak by:
- Staying 3 feet apart
- Wearing a mask properly
- Washing hands with soap & water
- Covering your cough