ޕެޑްޖެހުމާ ގުޅިގެން މެންބަރު އަނދުން ޙުސައިން ދެއްކި ވާހަކަތައް މިފަހަރު ގޮވީ އަތަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޕެޑްޖެހުމާ ގުޅިގެން މެންބަރު އަނދުން ޙުސައިން ދެއްކި ވާހަކަތައް މިފަހަރު ގޮވީ އަތަށް!

"ކަނބަލުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކަ އަށް މާފަށް އެދެން. ބަލައި ނުގަނެވޭނެ ފަދަ ވާހަކައެއް ކަަން ގަބޫލް ކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް ސަމާލު އިތުރަށް ވާނަން" މެންބަރު އަނދުން ޙުސައިން 

ރައްޔިތުންގެ މަޖިލީހަކީ ދޮގު ވާހަކަތަކާއި މަލާމާތާއި ފުރައްސާރަ ކުރުމުގެ ވާހަކަތައް ދެއްކުން ހުއްދަތަނަކަށް ހަދައި އެފަދަ ވާހަކަތައް ދައްކަމުން ގެންދަނީ ޓީވީތަކުން ލައިވްކުރަމުންނެވެ. އކަމުގެ ނޭދެވޭ އަސަރު މުޖުތަމައުއަށް ވަރަށް ބޮޑަށް ފޯރަމުންކަން ފާހަގަކޮށް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ގިނަ ބައަކު ބުނަނީ މިފަދަ ޙާލަތަކަށް މަޖިލިސް ވެއްޓިފައި މިވަނީ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ އަދި ރިވެތި ބަހުރުވައިން ވާހަކަދައްކަން ނުވެސް ދަންނަ މެންބަރުން މަޖިލީހުގައި ތިބުމުން ކަމަށެވެ. 

މެންބަރު ހުސައިން މާފަށް އެދިފައި މިވަނީ ގިނަ ބައަކު އޭނާ ދެއްކި ވާހަކަތަކަށް ނުރުހުން ފައުޅުކޮށް މާފަށް އެދެން ސޯޝަލް މީޑިއާގައި ގޮވާލަން ފެށުމުންނެވެ. މާފަށް އެދުމުން އެކަން ފާހަގަކޮށް ބައެއް މީހުން ވަނީ ޙުސައިންގެ ހިތްވަރަށް ތަޢްރީފްވެސް ކޮށްފައެވެ. އެއީ ކުށް ޤަބޫލުކުރިކަމަށްޓަކައެވެ. 

މަޖިލީހުގައި ހާލުހުރި ގޮތަކީ މިއީ ނަމަވެސް މަޖިލީހުގެ މެންބަރަކަށް ނުވަތަ މަޖިލީހުން ކުރާ ކަމަކަށް ފާޑުކިޔައިފިނަމަ އެމީހަކާއި ނުވަތަ ނޫހަކާއިމެދު ފިޔަވަޅު އަޅަން މަޖިލީހުން މަސައްކަތްކުރާކަންވެސް ފާހަގަކުރެވެއެވެ. 

 

މިއަދު އޮންލައިން