ދޮޅު ރުފިޔާއަށް ބިހެއް ވިއްކަން ފަށައި ރޯދަމަހާ ދިމާކޮށް ޚާއްސަ އަގުތަކެއްގައި ރެޑްވޭވުން ބިސް، ފިޔާ، އަލުވި ވިއްކަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދޮޅު ރުފިޔާއަށް ބިހެއް ވިއްކަން ފަށައި ރޯދަމަހާ ދިމާކޮށް ޚާއްސަ އަގުތަކެއްގައި ރެޑްވޭވުން ބިސް، ފިޔާ، އަލުވި ވިއްކަން ނިންމައިފި

ރޯދަމަހަކީ އެހެން މަސްމަހާ ޚިލާފަށް ކާބޯތަކެތި ގިނައިން ގަންނަންޖެހޭ މަހަކަށްވުމުން ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމުގެ ގޮތުން ރެޑްވޭވުން މިހާރު ވަނީ ޚާއްސަ އަގުތަކެއްގައި ބިސް، ފިޔާ އަދި އަލުވި ވިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އެފިހާރައިން ބުނީ ގިނަ ގޭބިސީތަކުން ގަނޑުކޮށް ފިޔާ އަދި ބިސް ފަދަ ތަކެތި ގަންނައިރު ޢާންމުގޮތެއްގައި ރޯދައާ ދިމާކޮށް މިތަކެތީގެ އަގުވެސް ބޮޑުވާކަން ފާހަގަކުރެވޭ ކަމަށާއި ބޭނުންވަނީ އެކަމުގައި ފޯރުކޮށްދެއްވެން އޮތް އެންމެ ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން މިހާރުވެސް ބިހުގެ އަގުވަނީ ދޮޅު ރުފިޔާއަށް ހެޔޮކޮށްފައެވެ. އަދި މިއާއިއެކު، ފިޔާ އަދި އަލުވީގެ އާޝިޕްމަންޓެއް ލިބުމާއިއެކު، ވަރަށް ބޮޑުތަނުން އަގުހެޔޮ ކުރާނެކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ. މިކަން ރޯދަމަސް ނިމެންދެން ކުރިއަށްދާނެކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި އިގްތިޞާދަށް އައިސްފައިވާ ހީނަރުކަމާއެކުވެސް ރެޑްވޭވުގެ އަމާޒަކީ ޒަރޫރީ ކާބޯތަކެތި އެންމެ ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަން ރެޑްވޭވުން ފާހަގަކުރެއެވެ. މީގެ އިތުރުންވެސް ރޯދަމަހާ ދިމާކޮށް ހައިސެންސް އަދި ޝާރޕް ބްރޭންޑުގެ އިލެކްޓްރޯނިކްސްގެ އިތުރުން ރޯދައަށް ހާއްސަ ގިނަ އައިޓަމްތަކެއް ވަރަށް ހެޔޮއަގުގައި ލިބިގެންދާނެކަމުގައި ރެޑްވޭވް އިން މައުލޫމާތުދެއެވެ.

 

މިއަދު އޮންލައިން