މިއަދުވެސް އިސްލާމީ މަރުކަޒު ތިރީބައިގަ ކޮރޯނާ އުޅޭކަމަކަށް ނުވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިއަދުވެސް އިސްލާމީ މަރުކަޒު ތިރީބައިގަ ކޮރޯނާ އުޅޭކަމަކަށް ނުވި!

ޚަބަރުގައިވާ ފޮޓޯއަކީ އިސްލާމީ މަރުކަޒު ތިރިއަށް މިއަދު އެއްވި މީހުން އެއްވެ ތިބި ގޮތުގެ ފޮޓޯއެވެ. 

މިއަދުވެސް އެޗްޕީއޭ އާއި ކޮށްލަން ޖެހޭ ސުވާލަކީ މިމީހުން މިތިބެނީ ހަމަ އެޗްޕީއޭގެ ގައިދުރުކުރަންޖެހޭ އިމުގައިތޯއެވެ؟ އެއްވެ އެތިބީ 4 މީހަކުން 4 މީހަކުންތޯއެވެ؟ ދިވެހި ބަހުގައި އެއްވުމުގެ މާނަ މިހާރު ބަދަލުވީތޯއެވެ؟

ހަމަ ތިއަ އިސްލާމީ މަރުކަޒުގެ މިސްކިތް ހުންނަ ބައިގައި ރަސޫލް (ޞޢވ) ގެ ސުންނަތާއި އެއްގޮތަށް ސަފުހަދައިފިނަމަ ކޮރޯނާ ދުވަމުން ފުމެމުން އައިސް ހަމަ އަރައިގަންނަނީތޯއެވެ؟  2 ގަޑިއިރު ކިޔޫގައި ތިބުމުން ނުޖެހިފައި 6 މިނިޓުގެ ނަމާދަކުން ހަމަޖެހެނީތޯއެވެ؟ 

ވެކްސިން ޖެހިނަމަވެސް އަސަރު ފެންނަންފަށާނީ 14 ދުވަހުން ކަމަށާއި ވެކްސިންގެ ފުރިހަމަ ފައިދާ ކުރާނީ 2 ޑޯޒް ފުރިހަމަކުރުމުން ކަމަށް ހަމަ ތިއަ ދޫތަކުން އިވެމުން މިދާ އަޑުތައް އެއީ ޞައްޙަ އަޑުތަކެއް ނޫނީތޯއެވެ؟ އެއީ ޞައްޙަ އަޑުތަކެއް ކަމަށް ބަލައި ވެކްސިން ޖަހަން ދިއުމުން ނުވަތަ ވެކްސިން ޖަހާ ވަގުތުން ފެށިގެން ކޮރޯނާ ނުޖެހޭނެ ކަމަށް ރައްޔިތުން ޤަބޫލުކުރަންވީތޯއެވެ.؟ 

މިފަދަ ސުވާލުތައް ކުރަމުން ގެންދަން ޖެހެނީ ކަންކަން ކުރެވޭތަން މިފެންނަ ގޮތުން ސުވާލުތައް އުފެދެތީއެވެ.

އެއްބައި މިސްކިތުގައި ދޫލަ އޮތްނަމަވެސް ކޮރޯނާ ނުފެތުރިފައި އަނެއްބައި މިސްކތުގައި ފެތުރިފައި އަދި އަނެއްބައި މިސްކިތުގައި ފެތުރޭ ސަރަހައްދަކާއި ނުފެތުރޭ ސަރަހައްދެއް އޮތުން ފަދަ އެތައް ކަމަކުން ސުވާލުތައް ގިނަވަމުންނެވެ. 

މިސްކިތްތަކާއި އަދި ޖަމާއަތުގައި ނަމާދުކުރުމާ ގުޅިގެން އަޅާ ކޮންމެ ފިޔަވަޅަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ދަނީ މިފަދަ ބޮޑެތި ސުވާލުތައް އުފެދެމުންނެވެ!

މިއަދު އޮންލައިން