މިއަދު އިސްލާމީ މަރުކަޒުން ﷲ ތަޢާލާ ދައްކަވައި މިދެއްވެވީ ގައިދުރުކޮށް ނަމާދުކުރަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތްކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މިއަދު އިސްލާމީ މަރުކަޒުން ﷲ ތަޢާލާ ދައްކަވައި މިދެއްވެވީ ގައިދުރުކޮށް ނަމާދުކުރަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތްކަން!

މިހާރު މާތް ﷲ އަހަރެމެންގެ ލޯތަކަސް ވަރަށް ސާފުކޮށް ދައްކަވައި މިދެއްވެވީ ރާއްޖޭގައި ގައިދުރުކޮށް ނަމާދުކުރަންޖެހޭ އެއްވެސް ޙާލަތެއް ނެތްކަމެވެ. އެޗްޕީއޭގެ ނުފޫޒަސް ބޯލަނބައި މިސްކިތްތަކުގެ އިމާމުން ގޮވާ ގޮވެލިފައްޗާއި މިސްކިތްތަކުގެ ތާޅަފިލިތަކުން އެއަމުނާ ބަނދިވަރަކީ މުޙައްމަދު ރަސޫލުﷲ ސީރީޒްގައި ބެރު ހިފައިގެން ވާހަކަ ކިޔައިދެމުން ހިނގާ މީހާ ކިޔާ ޒާތުގެ ވާހަކަތަކެއް ކަމެވެ! 

އެކަން އެންމެ ބޮޑަށް ސާބިތުވެގެން ދިއައީ އިސްލާމީ މަރުކަޒުންނެވެ. 1 ވަނަ ފަންގިފިލާއި ހުރި މިސްކިތުގައި ނަމާދުކުރާ މަދު މީސްކޮޅަށް މަޖުބޫރުކުރުވައިގެން ގައިދުރުކޮށް ނަމާދުކުރުވާއިރު ހަމަ އެވަގުތުވެސް ތިރީބުރީގައި މާގިނަ އަދަދެއްގެ މީހުން އެއްވެ ގައިކައިރިކޮށް ފުނި ފުންޏަށް ތިބޭއިރު ގައިދުރުކުރަން އެޗްޕީއޭއިންވެސް އަދި އިސްލާމިކް މިނިސްޓްރީންވެސް އެއްވެސް ފިޔަވަޅެއް ނުއެޅުމުންނެވެ. 

3 ފޫޓަށްވުރެ ކައިރިވުމުން ކޮރޯނާ ފެތުރޭނެ ކަމުގެ އެއްވެސް ބިރެއް އޮތްނަމަ އެގޮތަށް އެކަން ދޫކޮށްނުލާނެކަން އެއީ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ ކަމެކެވެ. ނަމާދުގައި ހޭދަވަނީވެސް ހައަކަ މިނިޓެވެ. ތިރީ ބުރީގައި ފުނިފުންޏަށް ފިތި ބާރުވެގެން ގަދި، ދެގަޑިއިރު މީހުން ތިއްބެވެ. 

އެމީހުން ތިބީ ކޮރޯނާއަށް ވެކްސިން ޖަހަން ނަމަވެސް ވެކްސިން ޖަހާ ވަގުތުން ފެށިގެން ކޮރޯނާއަކުން ސަލާމަތެއް ނުވެވެއެވެ. އަސަރުުރަން ފަށަނީވެސް 14 ދުވަސްވަރު ފަހުންނެވެ. އަދި ވެކްސިނަކަށްވަނީ ވެސް 2 ޑޯޒް ހަމަކުރުމުންނެވެ. ވީމާ ވެކްސިން ޖަހަން ދިއުމަކީ ކޮރޯނާ ޖެހުމުން ސަލާމަތްވެވޭނެކަމުގެ އެއްވެސް މިންވަރެއްގެ ދަލީލެއް ނޫނެވެ. 

ނަމާދަށް ސަފުހަދަން މިސްކިތްތަކުގައި އެޖަހާ އިބިލީސް ފާހަގަތައް ބަލައިގަންނަން ހެޔޮ ނުވާނެއެވެ. ތާޅަފިލިތަކުން އެއަމުނާ ބަނދިވަރު ޤަބޫލުކުރަން ހެޔޮނުވާނެއެވެ. ކުރާ ނަމާދުގެހިސާބު ބަލައި ނަމާދުކުރި ފެންވަރު ކަނޑައަޅަން ޤިޔާމަތް ދުވަހު ތިބޭނީ އެޗްޕީއޭ އާއި އިސްލާމިކް މިނިސްޓްރީއަކުން ނޫނެވެ. އެކަން ކުރައްވަވާނީ ﷲ  ތަޢާލާއެވެ! ނަމާދު ޤަބޫލުފުޅު ކުރައްވަވާނީ ރަސޫލް ދަސފުލުކުރައްވަވައި ދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. 

ނަމާދުކުރަންވީ އެޗްޕީއޭއަށާއި އިސްލާމިކް މިނިސްޓްރީއަކަށް ނޫނެވެ! ﷲ ތަޢާލާއަށެވެ! ބިރުވެތިވާށެވެ! މިއަދަކީ އެޗްޕީއޭއިން ނުފޫޒު ފޯރުވައިގެން އިސްލާމިކް މިނިސްޓްރީ ލައްވައި އިބިލީހަށް ކައްކައިދެމުން ގެންދާ ކުރާގައިވާ އެއްޗެއްގެ ޙަޤީޤަތް ރައްޔިތުންގެ ލޯތަކަށް ﷲ ތަޢާލާ ދެއްކެވި ދުވަހެވެ. ޢިބްރަތް ޙާޞިލުކުރާށެވެ!

މިއަދު އޮންލައިން