ރާއްޖޭގައި އެންމެ ރަނގަޅު ފެންވަރުގައި އެންމެ ފުޅައު ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން ގެންދާ ތީފަރިދޫގައި އުފައްދާ ތާޒާ ތަރުކާރީ އާއި ތީފަރިދޫ ޕޯލްޓްރީފާމްގެ ކުކުޅު ބިސް ތީފަރިދޫ މާޓުން ގެންދަނީ ވަރަށް ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުންނެވެ.

އެފިހާރައިން މައުލޫމާތު ދިންގޮތުގައި މާދަމާ ގެންނަ ބާވަތްތަކުގެ ތެރޭގައި ކިޔުކަންބާ، ބަށި، ފަޅޯ، ރޯމިރުސް، ގިތެޔޮ މިރުސް، ހިކަނދިރާނބާފަތް، ބަޓަރނަޓް، ކަށިކެޔޮ، މުރަނގަތޮޅި، ތޮރާ، ޗައިނީޒް ކެބެޖް، ކާށި، ކުރުނބާ، ބޯށި، ފުސްކެޔޮ، މާޅުސްކެޔޮ، ބްރައުން އެގް ހިމެނެއެވެ.

ތީފަރިދޫ މާޓުން ބުނީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ ދުވަހު ތާޒާ ތަރުކާރީގެ ބާވަތްތަކާއި ކުކުޅު ބިސް ގެނެސް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން ގެންދާ ކަމަށެވެ. "އަބަދުވެސް މާރުކޭޓަށްވުރެ އަޅުގަނޑުމެން ވިއްކާ އަގުތައް މާބޮޑުތަންވެސް ހެޔޮވާނެ. ތާޒާވެސްވާނެ. ފެންވަރުވެސް ވަރަށް ބޮޑުތަން ރަނގަޅުވާނެ. ފާމްތަކުގައި މަސައްކަތްކުރަނީ ކަމުގެ ތަޖުރިބާހުރި، ކިޔަވައިގެން ތިބި ފަންނީ މީހުން. ކެމިކަލް ވެސް ބޭނުން މިކުރަނީ ބަރާބަރު މިންތަކަށް. ކެމިކަލް މިއެތެރެކުރަނީވެސް ތައިލަންޑް ފަދަ އުފެއްދުންތެރި ޤައުމުތަކުގެ ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން. ވީމާ އަޅުގަނޑުމެންގެ އުފެއްދުންތަކުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވާނެ. އަދި ހޯލްސޭލް، ރީޓޭލްކޮށް ވިއްކާ އަގުވެސް ހަމަ އެހައި ހެޔޮވާނެ." ކަމަށެވެ.

ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ބައްލަވައިގަތުމަށް ގުޅުއްވާނީ: 3335737 އަދި 7975526