ދޫލައަޅާފަ އޮތްނަމަވެސް ކޮރޯނާއަށް ނޭރޭނެ ސަރަހައްދުތައް މިސްކިތްތަކުން ފެންނަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދޫލައަޅާފަ އޮތްނަމަވެސް ކޮރޯނާއަށް ނޭރޭނެ ސަރަހައްދުތައް މިސްކިތްތަކުން ފެންނަން ފަށައިފި

މިސްކިތްތަކުގައި ދޫލަ އަޅާފައި އޮތުމަކީ ކޮރޯނާ ފެތުރޭ ސަބަބަކަށްވެ މާލޭސިޓީގެ ގިނަ މިސްކިތްތަކަކުން ދޫލަ ނެގިއިރުވެސް ނުވަތަ ދޫލަމަތީ ތަރަފާލު އެޅިނަމަވެސް ބައެއް މިސްކިތަކަށް ކޮރޯނާއަށް ނޭރޭނެތީ ދޫލަ ނަގާފައެއް ނުވެއެވެ. 

އެކަމާއި ގުޅިގެން ރާއްޖޭގައި އުޅޭކަމަށް މިބުނާ ކޮރޯނާގެ ވައްތަރަކީ ވަރަށް އާދައާއި ޚިލާފް ވައްތަރެއްކަމަށް ކުރިން ސުރެ މީހުން އައީ ބުނަމުންނެވެ. އެއީ ގިނަ މިސްކިތްތަކެއްގައި ދޫލަ އޮތުމުން ކޮރޯނާ ފެތުރޭތީ ދޫލަމައްޗަށް ތަރަފާލުއުކި ނަމަވެސް އަނެއްބައި މިސްކިތްތަކުގައި ތަރަފާލުއުކާފައި ނުވާތީއެވެ.

ތަރަފާލު އުކިކަމަށް ބުނަން މިޖެހެނީ ތަރަފާލު އެޅުން ނުވަތަ ފެތުރުމަށްވުރެ މާފުރިހަމައަށް ސަމާލުކަންދީގެން ތަރަފާލުފަތުރައި މިސްކިތްތަކުގެ ޙުރުމަތް އުފުލަން މަސައްކަތްކޮށްފައި ހުރިތަން ފެންނާތީއެވެ. 

މިކަން މިހެން އޮއްވައި ދޫލަ އަޅާފައި އޮތް ނަމަވެސް ކޮރޯނާއަށް ނުފެތުރެވޭނެ ސަރަހައްދުތައް މިހާރު މިސްކިތްތަކުން ފެންނަންފަށައިފިއެވެ. މިގޮތުން މިހާރު އިބްރާހީމީ މިސްކިތުން ބައެއް ސަރަހައްދުތައް އޮތީ ފެންނާށެވެ! އެކަން އެނގެނީ އެ މިސްކިތުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ތަރަފާލު ނެތުމުން ދޫލަމަތީގައި ނަމާދުކުރާތީއެވެ.

މިއަދު އޮންލައިން