މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ ސައުވީސް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ ސައުވީސް މީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 100 މީހުންނެވެ. 124 ޖުމްލަ  މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 110 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3059 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 18,695 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 21,268 އަށް އަރައިފައެވެ. މި ބައްޔަށް 2502 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 157 މީހުންނަށެވެ.

މި ބަލީގައި 64 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން