ހޯމަދުވަހުގެ ފަހުން ކޮވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދޭނީ ހާއްސަ ފަރާތްތަކަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ހޯމަދުވަހުގެ ފަހުން ކޮވިޑް ވެކްސިންގެ ފުރަތަަމަ ޑޯޒް ދޭނީ ހާއްސަ ފަރާތްތަކަކަށް!

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު އަންނަ ހަފުތާގެ ހޯމަ ދުވަހާހަމަޔަށް ދިނުމަށް ނިންމާފައިވީ ނަމަވެސް އޭގެފަހުން ވެކްސިންގެ ފުރަތަަމަ ޑޯޒް ދޭނީ ހާއްސަ ފަރާތްތަކަކަށް ކަމަށް ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީ ބުނެފައިވަނީ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން ހުހްޓާލިނަމަވެސް ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމަށްވާ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެ ކަމަަށެވެ.

ކޮވިޝީލްޑް ވެކްސިން މިއަދާހަމައަށް 175،456 މީހުން ޖަހާފައިވާއިރު އެޗްޕީއޭ އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު މިއަދާހަމައަށް މާލެ ސަރަޙައްދުން ޖުމްލަ 99،821 މީހުންނަށް ވެކްސިންދީފައިވާއިރު އަތޮޅުތެރެއިން 75،635 މީހަކަށް ވަނީ ވެކްސިންދީފައެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.

 

މިއަދު އޮންލައިން