ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން މިއަދާހަމައަށް 175،456 މީހުން ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު މިއަދު މާލެ ސަރަޙައްދުން ވެކްސިންދީފައިވަނީ 4459 މީހުންނަށެވެ. އަދި އަތޮޅުތެރެއިން 5322 މީހަކަށް ވެކްސިންދީފައިވާއިރު މިއަދު ޖުމްލަ 9781 މީހަކަށް ވަނީ ވެކްސިންދީފައެވެ.
މިއަދާހަމައަށް މާލެ ސަރަޙައްދުން ޖުމްލަ 99،821 މީހުންނަށް ވެކްސިންދީފައިވާއިރު އަތޮޅުތެރެއިން 75،635 މީހަކަށް ވަނީ ވެކްސިންދީފައެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.
ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް އިންޑިއާއިން ދީފައިވަނީ ހިލޭ އެހީގެ ދަށުންނެވެ.
މިދޔަ 24 ގަޑިއިރު ތެރޭގައި 2803 ޓެސްޓް ސާމްޕަލްސް ނެގިފައިވާއިރު 110 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މި ބަލީގައި 64 މީހަކު ވަނީ ނިޔާވެފައެވެ.