މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ ފަނަރަ މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ ފަނަރަ މީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 98 މީހުންނެވެ. 115 ޖުމްލަ  މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 125 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3877 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 18,428 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 21,034 އަށް އަރައިފައެވެ. މި ބައްޔަށް 2535 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 165 މީހުންނަށެވެ.

މި ބަލީގައި 64 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން