ވެކްސިން ޖެހި މީހަކު ނިޔާވި ސަބަބު ދެނެގަތުމަށް ތަހުޤީގު ކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ވެކްސިން ޖެހި މީހަކު ނިޔާވި ސަބަބު ދެނެގަތުމަށް ތަހުޤީގު ކުރަނީ!

ކޮވިޑް-19 ގެ ވެކްސިން ޖެހި މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މަސްދޯންޏެއްގައި ހުރި 45 އަހަރުގެ ފިރިހެނަކު ހާލަތު ގޯސްވުމާއި ގުޅިގެން ހިންމަފުށީ ހެލްތް ސެންޓަރަށް ގެންދިޔަފަހުން މިއަދު ހެނދުނު 09:13 ހާއިރު ނިޔާވެފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާއަށް ދީފައިވަނީ އިއްޔެ ކަމަށާއި މި މީހާއަކީ އއ. މާޅޮހަށް ނިސްބަތްވާ މީހެއް ކަމަށެވެ.

މިމަހުގެ 19 ވަނަ ދުވަހުވެސް ވެކްސިން ޖެހި އުމުރުން 93 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެެ.

މިއަދު އޮންލައިން