5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށްފި! 4 މީހުން އެއްވުމަކުން ކޮރޯނާއެއް ނުޖެހޭނެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
5 މީހުންނަށްވުރެ ގިނައިން އެއްވުން މަނާކޮށްފި! 4 މީހުން އެއްވުމަކުން ކޮރޯނާއެއް ނުޖެހޭނެ؟

ކޯރޯނާ ވައިރަސްގެ ޙާލަތު އިންތިހާއަށް ގޯސްވުމުގެ ސަބަބުން 5 މީހުންނަށްވުރެ ގިނައިން މަގުމައްޗަށްވެސް އަދި އެހެން ތަންތަނަށްވެސް އެއްވުން ޑިރެކްޓަރ ޖެނެރަލް މައިމޫނާ ނެރުއްވި އަމުރެއްގެދަށުން މިރޭ މަނާކޮށްފިއެވެ. 

ސުވާލަކީ ޙާލަތު ތިހައި ގޯސްއިރު 4 މީހުން އެއްވެ އުޅުމުން ކޮރޯނާ ނުޖެހޭނީތޯއެވެ؟ އެއިން މީހެއްގެ ކިބައިން ކޮރޯނާ ނުފެތުރޭނީތޯއެވެ؟ ޙާލަތު ތިހައި ގޯސްއިރު މަގުމަތީގައި 2 މީހުންނަށްވެސް އެއްވެ އުޅެވެންވީ ކީއްވެގެންތޯއެވެ؟ މަގުމަތީގައި 3 ފޫޓަށްވުރެ ކައިރީގައި ހުއްޓިތިބުމުން ކޮރޯނާ ނުފެތުރެނީތޯއެވެ؟ މަގުމަތީގައި މީހުން ތިބެން ނުވަތަ ގައިގޯޅިވެ އުޅެން ވަކިމިނެއް ނެތީތޯއެވެ؟ ކޮރޯނާއަކީ ހަމައެކަނި މިސްކިތުގައި ދެފައި ކައިރިކޮށްލުމުން އަރާ އެއްޗަކީތޯއެވެ؟  

ދެން އުފެދޭ ސުވާލަކީ ތިއަ ނެރުއްވި އަމުރު ދުވާލުގެ ވަގުތުތަކުގައި މަގުތަކުގައި ބަލަހައްޓާނީ ކޮންބައެއްތޯއެވެ؟ ދުވާލުގެ ވަގުތުތަކުގައި މަގުތަކުގައި މީހުން ފުނިފުންޏަށް އެއްވެ ތިބޭއިރު އެކަން ނުބަލަނީ ކީއްވެގެންތޯ ފުލުހުންގެ ބޭކަލަކާއި މިރޭ ސުވާލުކުރުމުން ވިދާޅުވީ އެބޭކަލުން މަގުމަތި ބަލަހައްޓަވަނީ ކާފިޔުގެ ވަގުތަކުގައި ކަމަށެވެ. ކޮރޯނާ ފެތުރެނީ ހަމައެކަނި ކާފިޔުގެ ވަގުތުގައިތޯ ސުވާލުކުރުމުން ޖަވާބު ނުދެއްވައި އިސްދަށަށް ޖައްސަވައިލެއްވީއެވެ.

މިއަދު އޮންލައިން