ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ފިރިހެނަކު ނިޔާވެއްޖެއެވެ.
މިބަލީގައި މިއަދު ނިޔާވެފަިވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.
މިއީ ކޮވިޑް-19 ޖެހިގެން ނިޔާވި 63 ވަނަ މީހާއެވެ.
މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20,144 އަށް އަރައިފައެވެ. އަދި ޝިފާ ލިބުނު މީހުންގެ ޢަދަދު ވަނީ 17,470 އަށް އަރައިފައެވެ. މި ބައްޔަށް 2605 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 186 މީހުންނަށެވެ.