މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ އަށްޑިހަ ހަމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ އަށްޑިހަ ހަމީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 152 މީހުންނެވެ. ޖުމްލަ 186 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 196 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4274 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 17,343 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19,979 އަށް އަރައިފައެވެ. މި ބައްޔަށް 2567 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 181 މީހުންނަށެވެ.

މި ބަލީގައި 62 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން