ހޮޓާ ހިންގާ މީހުން އެދެނީ ވަޒީރު އަވަހާރަފުޅު ލެއްޕެވުން 2 ގަޑިއިރަށް ލަސްކޮށްލަ ދެއްވުން! އެކަމަށް އަގުދައްކަންވެސް ތިބީ ތައްޔާރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހޮޓާ ހިންގާ މީހުން އެދެނީ ވަޒީރު އަވަހާރަފުޅު ލެއްޕެވުން 2 ގަޑިއިރަށް ލަސްކޮށްލަ ދެއްވުން! އެކަމަށް އަގުދައްކަންވެސް ތިބީ ތައްޔާރަށް!

މިދިއަ ބުރާސްފަތިދުވަހު މާލެ ސިޓީ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުތަކަށް ބަލާއިރު ޞިއްޙީ ވަޒީރު ހޭލައި މަސައްކަތުގައި އުޅުއްވުމަކީ ކޮރޯނާ އިން ސަލާމަތްވުމަށް އޮތް އެންމެ ކާމިޔާބު މަގުކަމަށް އެޗްޕީއޭގެ ހިސާބުތަކުން ވަނީ ދައްކައިފައެވެ. 

އެއީ އެމަނިކުފާނު އަވަހާރަފުޅުގައި ހޭދަކުރެއްވި 6، 8 ގަޑިއިރުގެ ތެރޭގައި 139 މީހުން ޕޮޒިޓިވްވެފައި ހޭފުޅު ލައްވައި މަސައްކަތް ފެށްޓެވިފަހުން ޕޮޒިޓިވްވީ އެންމެ 6 މީހުންނަށްކަން އެޗްޕީއޭގެ ހިސާބުތަކުން ހާމަވުމުންނެވެ. 

އެހެންވެ ހޮޓާ، ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކުން ބުނަމުން އެދެނީ ވަޒީރުގެ އަވަހާރަފުޅު ލެއްޕެވުން 10 ޖަހަން ދެން ފަސްކޮށްލަ ދެއްވައި ހޮޓާތައް ހުޅުވާ ގަޑިވެސް 10 ޖަހަންދެން ލަސްކޮށްލަ ދެއްވުމަށް އެދޭކަމަށާއި އެކަމަށް ދައްކަން ޖެހޭ އަގެއްވެސް ދައްކަން ތިބިކަމަށެވެ. 

ހަމަ އެއާއިއެކު ރައްޔިތުންގެ ގިނަބައަކު އެދެމުންދަނީ ވަޒީރު ހޭފުޅުލައްވައި އުލުއްވާ ވަގުތުތައް ޓީވީތަކުން ނަމަވެސް، އެޗްޕީއޭ ނުވަތަ ހެލްތް މިނިސްޓްރީގެ ޓްވިޓަރއިން ނަމަވެސް ހާމަކޮށްލައިދިނުމަށެވެ. އެވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު ނަމަވެސް ބަލިޖެހުމުގެ ފުރުޞަތު ކުޑަކަން އެޗްޕީއޭގެ ހިސާބުތަކުން ދައްކާތީއެވެ. 

ވީމާ މިހައި ފަސޭހައިން މާލެ ސިޓީން ކޮރޯނާ ޖެހޭ މީހުންގެ ޢަދަދު މަދުކުރެވެން އޮތް ކަމެއްގައި މިސްކިތްތަކުގެ ޖަމާޢަތް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާއަށް ޕްރެޝަރުކުރާ ސަބަބާއިމެދުވެސް ސުވާލު އުފެދެއެވެ.

މިއަދު އޮންލައިން