ދުނިޔޭގަ ކާމިޔާބީ ހޯދަންވެސް ދުނިޔޭގެ އެދުމަށް ދަހިވެތިނުވެބަލާށެވެ! ލިބޭ ކާމިޔާބީ ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދުނިޔޭގަ ކާމިޔާބީ ހޯދަންވެސް ދުނިޔޭގެ އެދުމަށް ދަހިވެތިނުވެބަލާށެވެ! ލިބޭ ކާމިޔާބީ ފެންނާނެ! އިން ޝާ ﷲ

މިރޭ ފުރަތަމަކަމަކަށް މިކިޔައިދެނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ، މުޙައްމަދު ރަސޫލް ﷺ ގެ ހަށިކޮޅަށް ގެއްލުންދިންކަން އަހަރެންނަށް އެނގެން އޮތް ހަމައެކަނި ކަނޑި ﷲ ތަޢާލާގެ ކަނޑިކޮޅަށް ބަދަލުވެ އިސްލާމް ދީނަށް ހަމައެކަނޑިކޮޅުން ދިން ނަޞްރުގެތަކުގެ ވަރަށް ކުޑަކުދަ ވާހަކައެވެ.  

އެއިރު ރަސޫލް ﷺ ދުނިޔެ ދޫކުރައްވަވައި ސުވަރުގެވަޑައިގެންފިއެވެ. މުސްލިމުންގެ ޚލިފާކަމުގައި ހުންނެވީ އަބޫބަކުރުގެފާނެވެެެެ. އަބޫބަކުރުގެފާނުގެ ވެރިކަމުގައި ހަނގުރާމައަކަށް ޚާލިދު ބިން ވަލީދު ފޮނުއްވަވަންވެގެން އަރިއަހުގައި ގެންދަވާނީ ކިތައް ހަނގުރާމަވެރިންތޯ ސުވާލުކުރެއްވެވުމުން ވިދާޅުވީ ބޭނުންފުޅުވަނީ އެންމެ 500 ހަނގުރާމަވެރިންކަމަށެވެ.  

"އިދިކޮޅު ލަޝްކަރުގައި 100،000 ހަނގުރާމަވެރިން އެބަތިބި" ކަމަށް އަބޫބަކުރުގެފާނު ވިދާޅުވުމުން ޚާލިދުގެފާނު ވިދާޅުވީ އެހެންވީއިރު އިތުރު 500 (ޖުމުލަ 1000) ހަނގުރާމަވެރިން ދެއްވަވާށެވެ! 

އަދި ވދާޅުވިއެވެ. "ތިއަ ލަޝްކަރު ކިތަންމެ ބޮޑުނަމަވެސް އެމީހުންގެ ހިތްތަކުގައި އަމިއްލައެދުން ނޫން އެއްވެސް އެއްޗެއް ނުއޮންނާނެއެވެ. މުސްލިމުންގެ ތެރެއިން 10 ހަނގުރާމަވެރިން ގޮވައިގެން ވަޑައިގެންނެވިނަމަވެސް އެ ލަޝްކަރު (އިން ޝާ ﷲ) ބަލިކުރެއްވެވޭނެއެވެ. 

ކަންވީވެސް އެހެންނެވެ. 1000 ފަހުލަވާނުން ގޮވައިގެން ވަޑައިގެންނެވި ޚާލިދުގެފާނު އެނބުރިވަޑައިގަތީ 100،000- ހަނގުރާމަވެރިންގެ ލަޝްކަރު ބަލިކުރައްވަވައިފައެވެ.

ޚާލިދުގެފާނަކީ އެއިރު ވަރަށް ޒުވާން ޞަޙާބީއެކެވެ. ނަމަވެސް އަވަދިނެތި ކުރެއްވެވި ކަމަކީ އިސްލާމް ދީނަށް ނަޞްރު ދެއްވެވުމެވެ. މިއަދުގެ ޒުވާނުންތައް މިފެންނަނީ މަގުމަތީގައި ބިއްޖެހިފައިތިބޭތަނެވެ. 

ލޮބުވެތި ޒުވާނުންގެ ކިބައިން އަހަރެން ކުރާ އާދޭހަކީ ތިއައިން ކޮންމެ ޒުވާނަކީ ވެސް އެންމެ ކުޑަމިނުން އަމިއްލަ ނަފުސަށް ޙަޤީޤީ ފައިދާކުރާނެ ކަންކަންކުރާނެ ބައަކު ކަމުގައިވުމަށެވެ. އަމިއްލަ ނަފުސަށް ގެއްލުންދީ ހަލާކުކުރާ ބައަކުކަމުގައު ނުވުމަށެވެ. އެއިރުން ހަމަ ޚާލިދުގެފާނާއި އެކަލޭގެފާނުގެ ލަޝްކަރު ފަދައިން ކޮންމެ ޒުވާނަކަށްވެސް 99 ކާފިރުންގެ މައްޗަށް ނަޞްރުހޯދޭނެ ވަރުގެ ހިތްވަރުގަދަ ފަހުލަވާނުންނަށް ވެވޭނެއެވެ. ދުނިޔެއިްން ތިއަ ބޭނުންވާ އުފާތައްވެސް ޙާޞިލުކުރެވިގެންދާނެއެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން