މާލެ ސަރަހައްދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނުވަދިހަ ހަތަރުމީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މާލެ ސަރަހައްދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނުވަދިހަ ހަތަރުމީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 94 މީހުންނެވެ. ޖުމްލަ 124 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 108 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4273 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 16،646 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19،162 އަށް އަރައިފައެވެ. މި ބައްޔަށް 2،449 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 162 މީހުންނަށެވެ.

މި ބަލީގައި 60 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން