ދީނީ ޙަރަކާތް ހިންގާ ޖަމްޢިއްޔާތަކާ އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ދީނީ ޙަރަކާތް ހިންގާ ޖަމްޢިއްޔާތަކާ އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފި

މާލެއާއި އަތޮޅުތެރޭގައި ދީނީ ޙަރަކާތް ހިންގާ ޖަމްޢިއްޔާތަކާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ޖަމްޢިއްޔާތަކާ ހިއްސާކުރުމާއި އަދި ޖަމްޢިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރުމެވ.

މީގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވި ޖަމްޢިއްޔާތަކުން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވާފައިވެއެވެ. ހަމައެހެންމެ ޖަމްޢިއްޔާތަކުން، މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައިވެއެވެ. 20 ފެބުރުވަރީ 2021 ވީ ހޮނިހިރު ދުވަހު  ބޭއްވުނު ބައްދަލުވުމުގައި އަތޮޅު ތެރެއިން 21 ޖަމްޢިއްޔާ އަދި މާލެ ޞަރަޙައްދުން 6 ޖަމްޢިއްޔާ އަކުން ބައިވެރިވެފައިވެއެވެ. 

 

- ޚަބަރު: އިސްލާމިކް މިނިސްޓްރީ

މިއަދު އޮންލައިން