އަށްޑިހަ ހާސް މީހުން ކޮވިޑް ވެކްސިން ޖަހައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އަށްޑިހަ ހާސް މީހުން ކޮވިޑް ވެކްސިން ޖަހައިފި!

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން މިއަދާހަމައަށް 80,159 މީހުން ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު މިއަދާހަމައަށް މާލެ ސަރަޙައްދުން 59077 މީހުންނަށް ވެކްސިންދީފައިވާއިރު އަތޮޅުތެރެއިން 19623 މީހަކަށް އަދި ރިސޯޓުތަކުން 1459 މީހަކަށް ވަނީ ވެކްސިންދީފައެވެ.

ރާއްޖޭގައި  ކޮވިޝީލްޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް އިންޑިއާއިން ދީފައިވަނީ ހިލޭ އެހީގެ ދަށުންނެވެ. 

މިދޔަ 24 ގަޑިއިރު ތެރޭގައި 5000 ޓެސްޓް ސާމްޕަލްސް ނެގިފައިވާއިރު 161 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

މި ބަލީގައި 60 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން