ވެކްސިން ޖެހި ދުވަސްވީ މީހަކު ނިޔާވެއްޖެ! މަރުގެ ސަބަބު ދެނެގަތުމަށް ތަހުޤީގު ކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ވެކްސިން ޖެހި ދުވަސްވީ މީހަކު ނިޔާވެއްޖެ! މަރުގެ ސަބަބު ދެނެގަތުމަށް ތަހުޤީގު ކުރަނީ!

ކޮވިޑް-19 ގެ ވެކްސިން ޖެހި އުމުރުން 93 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިމީހާ ނިޔާވެފަިއވަނީ މިއަދު ހެނދުނު ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އޭނާއަށް ދީފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި މިމީހަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުންދާ ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރެއްހާ ދުވަސްވެފައިވާ މީހެއް ކަމަަަށްވެސް އެޗްޕީއޭއިން  ވަނީ ބުންނެފައެވެ.

މިމަރާގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ މީހާގެ މަރުގެ ހަގީގީ ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައިވާ ކަމަަށެވެ.

މިއަދު އޮންލައިން