ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް 129 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 125 މީހުންނެވެ.
މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 5045 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 15،633 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18،082 އަށް އަރައިފައެވެ. މި ބައްޔަށް 2384 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 172 މީހުންނަށެވެ.
މި ބަލީގައި 58 މީހަކު ވަނީ ނިޔާވެފައެވެ.