ބަލިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުން އަވަހަށް ވެކްސިން ޖަހާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބަލިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަމުން އަވަހަށް ވެކްސިން ޖަހާށެވެ!

ވެކްސިން ޖަހާށެވެ! ބަލިން ސަލާމަތްކޮށްދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރާ ޙާލުގައެވެ! ބަލި ނުޖެހުމަށް ވެކްސިނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ޤަބޫލުކުރާށެވެ! 

ކޮރޯނާ ވައިރަސް އާއި ގުޅިގެން މިހައިތަނަށް އުފައްދާފައިވާ އެއްވެސް ވެކްސިނަކީވެސް ޖަހާ މީހުންގެ 100 އިންސައްތަ މީހުންނަށް ބަލި ނުޖެހޭނެކަމުގެ ޔަޤީންކަން އޮތް ވެކްސިނެއް ނޫނެވެ. އަދި އެއީ މިހައިތަނަށް އުފެއްދި އެއްވެސް ވެކްސިނަކުން ލިބިފައިވާ ޔަޤީންކަމެއް ވެސް ނޫނެވެ. 

ޑަބްލިޔޫއެޗްއޯ އިން ނެެރެފައިވާ ރިޕޯޓުތަކުންވެސް މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ ވެކްސިން ޖަހާ މީހުންގެ 92 އިންސައްތަ މީހުންނަށް އެކަމުގެ ފައިދާކުރާކަމަށެވެ. ވީމާ 8 އިންސައްތަ މީހުންނަށް ފައިދާނުކުރާކަން އެއޮތީ ފެންނާށެވެ! ވީމާ ފައިދާކުރާ މީހުންގެތެރޭގައި އެމީހަކު ހިމެނޭތޯ ދުޢާކުރުން ނޫން ކަމެއް ކުރެވޭކަށް ނެތެވެ. 

ޑަބްލިޔޫއެޗްއޯއިން ދީފައިވާ އަނެއް އުފާވެރި ޚަބަރަކީ ފުރަތަމަ ޑޯޒްޖަހާތާ 14 ދުވަސްތެރޭގައިވެސް އެކަމުގެ އަސަރުފެންނަންފަށާކަމެވެ. ވީމާ ވެކްސިން ޖަހަން އަވަސްވެގަތުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. 

ވެކްސިންގެ އަސަރު ނުކޮށްފާނެކަމަށްބަލައިގެން ވެކްސިން ނުޖަހާ ހުރެގެން ނުވާނެއެވެ. އެއީ ކުރިއާލައި އެނގެން އޮތްކަމަކަށްނުވާތީއެވެ. ވީމާ ފުރަތަމަކަމަކަށް އޮތީ ވެކްސިން ޖެހުމެވެ. 

މާތް ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެން ނުވަތަ ވަކީލްކުރަން އޮތީ ރައްކައުތެރިވާން އެމީހަކަށް ކުރެވެންހުރި މަސައްކަތްތައްކުރުމަށްފަހުގައިކަން ޙަދީޘްފުޅުން އެނގޭށެވެ! ވީމާ ފުރަތަމަ ފިޔަވަޅަކީ ވެކްސިންޖަހައި ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރުމެވެ. 

ޑަބްލިޔޫއެޗްއޯގެ ގުޅުންހުރި ލިޔުމެއް: 

https://www.who.int/news-room/feature-stories/detail/the-moderna-covid-19-mrna-1273-vaccine-what-you-need-to-know?gclid=CjwKCAiAsaOBBhA4EiwAo0_AnNJ7ObQVOvG6CVKuTyN7j6aardovR3BRo02qpkx_ajm0-TxNNMaQMxoCOJAQAvD_BwE

މިއަދު އޮންލައިން