ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް 112 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 209 މީހުންނެވެ.
މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3497 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 15،448 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17،828 އަށް އަރައިފައެވެ. މި ބައްޔަށް 2315 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 193 މީހުންނަށެވެ.
މި ބަލީގައި 58 މީހަކު ވަނީ ނިޔާވެފައެވެ.