މިއަދު ކޮވިޑަށް ޕޮޒިރިވްވީ ދުވިސައްތަ ނުވަމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
މިއަދު ކޮވިޑަށް ޕޮޒިރިވްވީ ދުވިސައްތަ ނުވަމީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް 209 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 120 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4006 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 15،291 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17،716 އަށް އަރައިފައެވެ. މި ބައްޔަށް 2360 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 190 މީހުންނަށެވެ.

މި ބަލީގައި 58 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން