މިއަދު ކޮވިޑަށް ޕޮޒިރިވްވީ ސަތޭކަ އަށްޑިހަ ހަމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
މިއަދު ކޮވިޑަށް ޕޮޒިރިވްވީ ސަތޭކަ އަށްޑިހަ ހަމީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް 186 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 100 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4765 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ  15،081 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17،387 އަށް އަރައިފައެވެ. މި ބައްޔަށް 2243 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 211 މީހުންނަށެވެ.

މި ބަލީގައި 56 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން