ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

 

2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހުޅުވާލައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ މި އެވޯޑުގެ މަޤްޞަދަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރުން ކަމަށެވެ.

އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

ހަމައެކަނި އަންހެނުންނަށް އެވޯޑަށް ކުރިމަތިލެވޭ ދާއިރާ

ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ

ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ

ޢާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑަށް ހުށަހެޅޭ ދާއިރާ

މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު ޖެންޑަރ މިނިސްޓްރީގެ ވެބްސައިޓު www.gender.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގެ ލިންކްhttps://www.gazette.gov.mv/iulaan/view/143800  މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި އެވޯޑަށް ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ 28 ފެބުރުވަރީ 2021ވާ އާދީއްތަ ދުވަހުގެ 14:00އެވެ.

 

މިއަދު އޮންލައިން