ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ރަށެއްގައި މީހަކު ނިޔާވެއްޖެއެވެ.
މިބަލީގައި ނިޔާވެފަިވަނީ ގއ.ވިލިނގިލީ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ގއ. ދެއްވަދޫ، އުތުރުގެ، ތުއްތު އިބްރާހިމް، 77 އެވެ. މިއީ ކޮވިޑް-19 ޖެހިގެން ނިޔާވި 56 ވަނަ މީހާއެވެ.
ވިލިނގިލީ ހޮސްޕިޓަލުން ބުނެފައިވަނީ މިމީހާ އަކީ ދެއްވަދޫއިން ކޮވިޑް ޖެހިގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ރަށަށް ގެންދިޔަ ބަލި މީހެއް ކަމަށާއި މީހާއަކީ ދެއްވަދޫ ކްލަސްޓަރއިން ޕޮޒިޓިވްވި މީހެއްކަމަށެވެ.
މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،909 އަށް އަރައިފައެވެ. އަދި ޝިފާ ލިބުނު މީހުންގެ ޢަދަދު ވަނީ 14،772 އަށް އަރައިފައެވެ. މި ބައްޔަށް 2075 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 204 މީހުންނަށެވެ.