ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެ! މިއީ މިބަލީގައި ނިޔާވި ފަންސާސް ހަތަރުވަނަ މީހާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެ! މިއީ މިބަލީގައި ނިޔާވި ފަންސާސް ހަތަރުވަނަ މީހާ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މިރޭ 84 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށާއި އެ މީހާ މަރުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް، މިރޭ 8:20ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 54 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިއަދާހަމައަށް މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 14،337 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،276 އަށް އަރައިފައެވެ. މި ބައްޔަށް 1879 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 176 މީހުންނަށެވެ.

މިއަދު އޮންލައިން