ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޮވިޑު ޖެހިގެން މިއަދު މިއަދު ހަވީރު 3:42 ގައި މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުންދިޔަ 70 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 53 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިއަދާހަމައަށް މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 14،263 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،155 އަށް އަރައިފައެވެ. މި ބައްޔަށް 1833 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 186 މީހުންނަށެވެ.

މިއަދު އޮންލައިން