ފަސްހާސް ޑޯޒް ސައިނޯފާމް ވެކްސިން ލިބިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ފަސްހާސް ޑޯޒް ސައިނޯފާމް ވެކްސިން ލިބިއްޖެ!

ކޮވިޑުން ސަލާމަތްވުމަށްދޭ ސައިނޯފާމް ވެކްސިންގެ 5000 ޑޯޒް އިއްޔެ ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެތަކެތި ލިބިފައިވަނީ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީތެރިކަމުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. 

އެޗްޕީއޭއިން މިއަދު ބުނީ އިތުރު ކުންފުންޏެއްގެ ވެކްސިންވެސް ލިބޭނެ ކަމުގެ ޚަބަރުލިބިފައިވާ ކަމަށެވެ. 

ހުރިދަތިތަކާއިއެކުވެސް ފުރުޞަތުލިބޭވަރަކުން ވީހައި އަވަހަކަށް ވެކްސިން ޖަހަމުން ގެންދިއުމަށް ކަމާއިބެހޭ އިދާރާތަކުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. 

އެޗްޕީއޭއިން މިއަދު ބުނީ ބައެއް ދަރިވަރުންނާއި ޓީޗަރުން ޕޮޒިޓިވްވެފައިވީނަމަވެސް ބަލި ޖެހުނީ ސްކޫލްތެރެއިންކަން ފާހަގަކުރެވިފައި ނެތްކަމަށެވެ. އަދި މިހާރުގެ ވިސްނުމަކީ ސްކޫލްތައް މިވަގުތަށް ބަންދުނުކޮށް ކުރިއަށްގެންދިއުން ކަމަށެވެ.

މިއަދު އޮންލައިން