ރާއްޖޭގައި މިވަގުތު މިވަނީ ކޮވިޑްގެ 3 ވަނަ ރާޅު ވަރަށް ބިޔަކޮށް ފެންނަން ފަށައިފައެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ 5 މަސްދުވަސްފަހުން މިވަނީ އެއް ދުވަހާ 215 މީހުން ބައްޔަށް ޕޮޒިޓިވެވެފައެވެ.
މިވަގުތަކީ ކުރިން ސިޔާސީ މީހުން ކުރި ކުށްތައް އަލުން ކޮށް، ޑޮކްޓަރުންގެ ނިންމުންތަކަށް ސިޔާސީ ވާހަކަތައް އިތުރުކުރަންވީ ވަގުތެއް ނޫނެވެ. ބަލި ފެތުރޭއިރު އެންމެ މަސައްކަތްބުރަވަނީވެސް އަދި އެންމެ ބޮޑަށް ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލަންޖެހެނީވެސް ޑޮކްޓަރުންނަށެވެ. ސިޔާސީ މީހުން މޮޅު ބަސްބުނެފައި ތިބެނީ ގޭގައި ފިލައެވެ.
ހަމައެކަނ އަތްދޮވެލުމުން ފުދޭނެކަމަށާއި ކޮރޯނާއަކީ އެއްވެސް ނުރައްކައުތއެރިކަމެއް ނެތް ބައްޔެއްކަމަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ދެއްކި ވާހަކަތައް ރައްޔިތުންނަށް އަޑިއިވން ވެގެންދިއައީ ރައްޔިތުންގެ ސަމާލުކަން ކުޑަވެ ބަލި އިތުރަށް ފެތުރެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަށެވެ. މަޖިލީހުގައި ޑޮކްޓަރުން ފަހައި ދުވަން ފެށުން ވެގެން ދިއައީ ޑޮކްޓަރުން ދެއްވާ އިރުޝާދުތައް ބަލައިގަންނަން ރައްޔިތޔުން ފަސްޖެހުނު އެންމެ ބޮޑު އެއް ސަބަބުކަމަށެވެ.
ހަމައެކަނ އަތްދޮވުމުން ނުފުދޭކަމާއި ރައކައުތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭކަމާއި ވެކްސިންވެސް ޖަހަންޖެހޭކަން މިއަދު މިވަނީ އެދުވަހު އެގޮތަށް ވާހަކަ ދެއްކި ސިޔާސީ މީހުންނަށްވެސް ޤަބޫލުކުރަން ޖެހިފައެވެ. މިއަދު އެންމެންވެސް ގޮވާލަނީ އަވަހަށް ވެކްސިން ޖެހުމަށެވެ. ރައްކައުތެރިކަމުގެ ފިޔަވަޅުތައް ވީހައި ބޮޑަށް އެޅުމަށެވެ.
ބަލިތަކަށް ފަރުވާކުރަންވީ ގޮތް ސިޔާސީ މީހުން ކިޔައިދިނީމާ ވާނެ ގޮތް މިހާރުވެސް މިވަނީ ތަޖުރިބާ ކުރެވިފައެވެ. ސިޔާސީ މީހުން ކިތަންމެ ބޭނުން ނުވި ނަމަވެސް ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ ޞިއްހީ ޚިދުމަތް ދޭންވީ ގޮތ އެއީ ސިޔާސީ ޕޯޑިއަމްތަކުން ދަސްވާ އެއްޗެއް ނޫންކަމެވެ. އެއީ ވެސް ިޔަވައިގެން އެނގޭނެ ކަންކަންކަމަށެވެ.
ވީމާ މިހާރުން މިހާރަށްވެސް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ކޮވިޑް ކޮންޓްރޯލްކުރެވޭތޯ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ޞިއްޙީ ޚިދުމަތްތެރިންގެ އަތްމައްޗަށް ދޫކޮށްލުމެވެ. ޑޮކްޓަރުންގެ ނިންމުނަތްކަށް އިޙްތިރާމްކުރުމެވެ.