މިއަހަރުވެސް ރޯދަމަހަށް އަމާޒުކޮށްގެން، ފައިސާގެ އިނާމްތަކަކާއި އަގުހުރި އެތައް އިނާމްތަކެއް ލިބޭ ރެޑްވޭވްގެ ރޯދަސޭލް މިއަދުވަނީ ފަށާފައެވެ. މިޕްރޮމޯޝަން މިއަދުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެގޮތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާއިރު އިތުރު 5 ނަސީބުވެރި ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ. މީގެ އިތުރުންވެސް ސޯފާސެޓާއި އިލެކްޓްރޯނިކްސްގެ އިތުރުން އަގުހުރި އެތަށް އިނާމްތަކެއް ހިމެނޭގޮތަށް އިތުރު 20 ފަރާތެއް މިއަހަރުގެ ރެޑްވޭވް ރޯދަސޭލްގައި ގުރުއަތުން ހޮވިގެންދާނެއެވެ.

ކުރައްވާ ކޮންމެ 500ރ އަކަށް ކޫޕަނެއް ލިބިގެންދާ ރެޑްވޭވް ރޯދަ ސޭލް ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެއެވެ. އަދި ރެޑްވޭވްއިން މައުލޫމާތު ދޭގޮތުގައި ރޯދަ ސޭލްގެ ތެރެއިން ގާތްގަނޑަކަށް ގެދޮރަށް ބޭނުންވާ ހުރިހާ ސާމާނު އެކުލެވޭ، ރެޑްވޭވްގެ އެންމެބޮޑު ޝޯރޫމް ހުޅުވިގެންދާނެއެވެ. މިފިހާރަ ވެގެންދާނީ އިލެކްޓްރޯނިކްސް، ފަރުނީޗަރ، ބަދިގެ ސާމާނު އަދި ގޭތެރޭގެ ސާމާނު ސާމާނުގެ އެތަށްބާވަތެއް ލިބިގެންދާނެ ހާއްސަ ފިހާރައަކަށެވެ.

އެހެން އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަ ސޭލްއަށް ތަފާތު އެކި ބާވަތްތަކުގެ މުދާ ރޭޑްވޭވްއިން ވަނީ ތައާރަފްކޮށްފައެވެ. އަދި މިގޮތަށް ތައާރަފްކުރެވޭ ރޯދައާއި ގުޅޭ އައިޓަމްސް ތަކަކީ ވަރަށް ހެޔޮ އަގެއްގައި ކަސްޓަމަރުންގެ ރިކްއެސްޓުތަކާއި އެއްގޮތްވާނެ ގޮތުގެ މަތީން މާރކެޓަށް ނެރިދީފައިވާ މުދާކަމުގައި ރެޑްވޭވް އިން މައުލޫމާތުދެއެވެ.