ކޮވިޑް ޖެހިގެން ފަންސާސް ދެވަނަ މީހާ ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކޮވިޑް ޖެހިގެން ފަންސާސް ދެވަނަ މީހާ ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އުމުރުން 88 އަހަރުގެ މި ފިރިހެން މީހާ ނިޔާވެފައިވަނީ އެޗްއެމްއެފް ގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 7:33 ހާއިރުގައި ކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 52 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 14،096 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15،736 އަށް އަރައިފައެވެ. މި ބައްޔަށް 1582 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 152 މީހުންނަށެވެ. 

މިއަދު އޮންލައިން