މިއަދު ކޮވިޑަށް ޕޮޒިރިވްވީ ސަތޭކަ ބާވިސް މީހުން! މާލޭ ސަރަހައްދުން ނުވަދިހަ މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މިއަދު ކޮވިޑަށް ޕޮޒިރިވްވީ ސަތޭކަ ބާވިސް މީހުން! މާލޭ ސަރަހައްދުން ނުވަދިހަ މީހުން!

ކޮވިޑަށް ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް 122 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

ރާއްޖެއިން އިއްޔެވެސް މި ބައްޔަށް ޕޮޒިޓިވްވީ 118 މީހުންނެވެ.

މިދޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3535 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 14،096 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15،736 އަށް އަރައިފައެވެ. މި ބައްޔަށް 1582 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 152 މީހުންނަށެވެ.

މި ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން