ކޮވިޑާއި ގުޅިގެން އޭޑީކޭގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކޮވިޑާއި ގުޅިގެން އޭޑީކޭގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

މާލެސިޓީގައި ކޮވިޑްބަލި ފެތުރުން އިތުވުމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ދެމުން އަނަން ބައެއް ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. 

މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި:

1 އޯޕީޑީ ކޮންސަލްޓޭޝަންސްތައް އޮންލައިންކޮށް ދިނުމަށް ބަދަލުކުރުން

2 އިލެކްޓަލް ސަރޖަރީތައް މިވަގުތައް މެދުކަނޑައިލުން

3 ބަލިމީހުން އެޑްމިޓްކުރުން މިވަގުތު މެދުކަނޑާލުން

4 އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން ހުއްޓާލުން ހިމެނެއެވެ. 

މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ މިފަދަ ބަދަލުތަކެއް ގެންނަން ޖެހުނީ ކޮވިޑް ފެތުރުން އިތުރުވުމާއި ގުޅިގެން ބޭރުތެރެއިން ކޮންޓެކްޓުން ކަމުގައި ބެލެވި ހޮސްޕިޓަލުގެ ގިނަ އަދަދަދެއްގެ މުވައްޒިފުންނަށް ކަރަންޓީނަށްދާންޖެހުމުން ހޮސްޕިޓަލުން ޚިދުމަތް ހޯދާ ބަލިމީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ކަމަށެވެ. 

އޭޑީކޭ ހޮސްޕިޓަލްގެ ޕްރެސްރިލީޒް:

މިއަދު އޮންލައިން